ދި އެސޯސިއޭޝަން އޮފް ޗާޓާޑް ސާޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) "އެޕްރޫވްޑް އެމްޕްލޯޔާ" ސްޓޭޓަސް އެމްޓީސީސީއަށް ލިބިއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ އޭސީސީއޭ "އެޕްރޫވްޑް އެމްޕްލޯޔާ" ސްޓޭޓަސް އެކުންފުންޏަށް އެވޯޑުކުރީ މިއަހަރު އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ކަމަށާއި މި ސްޓޭޓަސް އެވޯޑުކޮށްފައި ވަނީ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ލެވަލްގައި ކަމަށެވެ.

އެމްޓީސީސީން ބުނީ އޭސީސީއޭ ދަރިވަރުންނާއި އެފިލިއޭޓުންނާއި މެމްބަރުން ވަޒީފާތަކަށް ހޯދައި، ތަމްރީންކޮށް ބޭތިއްބުމުގައި އެޕްރޫވްޑް އެމްޕްލޯޔާ ސްކީމް މުހިންމު ދައުރެއް އަދާކޮށްދޭ ކަމަށެވެ.

އެމްޓީސީސީއަަށް އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔާ ސްޓޭޓަސް ލިބުމަކީ އެ ކުންފުނީގައި ވަޒީފާ އަދާކުރާ އޭސީސީއޭ ދަރިވަރުންނާއި އެފިލިއޭޓުންނަށް އެ ކުންފުނިން ފޯރުކޮށްދޭ ތަމްރީނާއި ކުރިއަށް ދިޔުމަށް ހުރި ފުރުސަތުތަކަކީ މަތީ ފެންވަރުގެ ތަމްރީންތަކެއްކަން ޔަގީންކޮށްދޭ ކަމެއް ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މި އެވޯޑާއެކު އެމްޓީސީސީގައި ވަޒީފާ އަދާކުރާ އޭސީސީއޭ މެމްބަރުންނަށް އޭސީސީއޭގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ސީޕީޑީ)ގެ ޝަރުތުތައް ފުރިހަމަވެގެންދާނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.