ދިވެހިރާއްޖޭގެ ގައުމީ ހަޔާތުގައި ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، މާފަންނު މެރީގޯލްޑް އުމަރު ޒާހިރު، މިއަދު މެންދުރުފަހުގެ ވަގުތެއްގައި އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރެއްމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ އުމަރު ޒާހިރު އަވަހާރަ ވުމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން (21 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުން ފެށިގެން 23 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް) ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.
އުމަރު ޒާހިރު މިއަދު އަވަހާރަވީ ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދަރުމަތަން ހޮސްޕިޓަލްގައެވެ.
އަވަހާރަވީއިރު އަންހެން ބޭފުޅަކާއި އެމަނިކުފާނަށް ކާފަ ވިދާޅުވާ ދެ ބޭފުޅުން އެބަތިއްބެވިއެވެ.
ކޮވިޑްގެ އާލާސްކަންފުޅުގައި ހާލުކޮޅު ދެރަވެ ދަރުމަވަންތަ ހޮސްޕިޓަލްގައި އެމަނިކުފާނު އެޑްމިޓް ކުރީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.
އުމުރުުފުޅުން 85 އަހަރުގައި އަވަހާރަ ވީއިރު އެކި ރޮނގުތަކުން އެމަނިކުފާނު ވަނީ ދިވެހި ގައުމަށް އަގު ނުކުރެވޭ ވަރުގެ މަތިވެރި ހިދުމަތްތަކެއް ކޮށްދެއްވައިފައެވެ. ހާއްސަކޮށް ތަރައްގީގެ މަސައްކަތްތަކުގައި އުމަރު ޒާހިރުގެ ދައުރު ފާހަގަކޮށްލެވެއެވެ.
އެކި ރޮނގުތަކުން އެމަނިކުފާނު ވަނީ 50 އަށްވުރެން ގިނަ އަހަރު ދިވެހި ދައުލަތަށް ހިދުމަތް ކުރައްވައިފައެވެ.