ދެކުނު އޭޝިއާ އިން ރާއްޖެ އަންނަ ވޯކް ޕާމިޓް ހޯލްޑަރުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ މީހުން ކަރަންޓީނުވުމުގެ އުސޫލަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަދަލު ގެނެސްފިއެވެ.
މީގެ ކުރިން ދެކުނު އޭޝިއާއިން ރާއްޖެ އަންނަ ވޯކް ޕާމިޓް އޮންނަ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ މީހުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ކަރަންޓީނު ފެސިލިޓީއެއްގައި ކަރަންޓީނު ވާން ޖެހޭ ގޮތަށެވެ.
އެޗްޕީއޭ އިން މިރޭ ނެރުނު އިއުލާނެއްގައި ބުނީ، މިރެއިން ފެށިގެން ވެކްސިން ފުރިހަމަނުކޮށް ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެ އަންނަ ވޯކް ޕާމިޓު ހޯލްޑަރުން ކަރަންޓީނުވާން ޖެހޭނީ އެމީހުން ގެންނަ ފަރާތަކުން ކަނޑައަޅާ ތަނެއްގައި ކަމަށެވެ.
ދެކުނު އެޝިއާގެ ގައުމުތަކުން އަންނަ ވޯކް ޕާމިޓު ހޯލްޑަރުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިނުވާ މީހުން އެ މީހުން ރާއްޖެ ގެންނަ ފަރާތަކުން ކަނޑައަޅާ ތަނެއްގައި 14 ދުވަހަށް ކަރަންޓީނުވާން ޖެހޭނެއެވެ. ކަރަންޓީނުން ދޫކޮށްލަނީ 14 ދުވަސް ވުމުން ކޮވިޑަށް ޓެސްްޓުކޮށް ނަތީޖާ ނެގެޓިވް ވުމުން ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭގެ އިއުލާނުގައި އިތުރަށް ބުނީ، ވެކްސިން ފުރިހަމަނުކޮށް ދެކުނު އޭޝިއާއިން ރާއްޖެ އަންނަ ވޯކް ޕާމިޓު ހޯލްޑަރުން ރާއްޖެ އައުމުގެ އެއް ދުވަސްކުރިން ކަރަންޓީނުގައި ހުންނާނެ ތަނުގެ މައުލޫމާތު އެޗްޕީއޭއަށް އަންގަން ޖެހޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު