ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ)ގެ ޑިޕާޗާ ޓާމިނަލްގެ އިތުރުން ހުޅުމާލެ ބީޗް ފްރަންޓްގައި "ޑޯމް" ރެސްޓޯރަންޓް ހިންގި ވިޔަފާރިވެރިޔާ ހަސަން ބާގިރު (ވިންގްސް ބާގިރު) އާއި އޭނާގެ ދަރިފުޅު އަހުލާމް ބާގިރު ސިވިލް ކޯޓަށް ހާޒިރު ނުވެ ފިލައިގެން އުޅޭ މައްސަލައިގައި އެ ދެމީހުން ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކުރަން ފުލުހުން އެ ދެމީހުން ހޯދަން ފަށައިފިއެވެ.
އެ ދެމީހުން ހޯދުމަށް ޓަކައި ފުލުހުން މިއަދު ވަނީ އެ ދެމީހުންގެ މައުލޫމާތާއި ފޮޓޯ އާއްމު ކޮށްފައެވެ.
ފުލުހުން ބުނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުން ވެ ހާޒިރުވެފައި ނުވާތީ، ބަންދުގައި ބައިތިއްބައިގެން އެ ދެމީހުން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އެ ދެމީހުން ހޯދަމުން އަންނަ ކަމަށެވެ.
ވ.ރާހި ހަސަން ބާގިރު (68އ) އާއި އަހްލާމް ބާގިރު (46އ) ހޯދަމުން އަންނަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބައިތިއްބައިގެން މާދަމާގެ 1:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށްވެސް ފުލުހުން ބުނެޏެވެ.
އެ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓަޑީގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ފުލުުހުން އެ ދެމީހުން ހޯދަމުން އަންނައިރު، ބާގިރު ހުޅުމާލޭގައި ހިންގި ޑޯމް ރެސްޓޯރަންޓްގެ ކުއްޔާއި ކަރަންޓާއި ފެނަށް އެތައް ލައްކަ ރުފިޔާއެއް ނުދެއްކި މައްސަލައިގައި، މިދިޔަ 2020 ވަނަ އަހަރު އެޗްޑީސީން ވަނީ އެތަނުގެ އެއްބަސްވުން ބާތިލު ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު