މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ފައިނަލަށް ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބު ދަތުރުކޮށްފިއެވެ.
ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ ޓީމު އިވެންޓުގެ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވީ ރޭ ކުޅުނު މެޗުތަކަށްފަހުއެވެ.
ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އީގަލްސް އާއި ދިވެހި ސިފައިންގެ ކްލަބެވެ. އެ މެޗުން އީގަލްސް އިން ވަނީ 3-1 ގޭމުން މޮޅުވެ, ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ސިފައިން ޖެހުނީ ފައިނަލުގެ ފަހު ޖާގައަށް ސެމީގެ ދެވަނަ މެޗަށް ނުކުންނާށެވެ.
ރޭ ކުޅުނު ނޮކްއައުޓް މެޗުގައި ބައްދަލުކުރީ ކަސްޓަމްސް އާއި ބީޖީ ސްޕޯޓްސް ކްލަބެވެ. އެ މެޗުން 3-2 ގޭމުން މޮޅުވެ, ކަސްޓަމްސް އިން ވަނީ ފައިނަލުގެ އުންމީދު އާކޮށްފައެވެ. އެ މެޗުން ބަލިވި ބީޖީއަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ.
ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރީ ސެމީގެ ފުރަތަމަ މެޗުން ބަލިވި ސިފައިންނާއި ނޮކްއައުޓް މެޗުން މޮޅުވި ކަސްޓަމްސް އެވެ. އެ މެޗުގައި 3-1 ގޭމުން މޮޅުވެ, ފައިނަލުގެ ފަހު ޖާގަ ކަށަވަރުކުރީ ކަސްޓަމްސްއެވެ.
ފައިނަލުގައި އީގަލްސް އާއި ކަސްޓަމްސް ބައްދަލުކުރާނީ މާދަމާއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:15 ގައެވެ. އެ މެޗަށްފަހު އެމްޕީބީއޭގެ ތާރީހުގެ އެންމެ ބޮޑު ބިލިއާޑް މުބާރާތް ކަމަށްވާ ގައުމީ ބިލިއާޑް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ވެސް ކުރިއަށްދާނެއެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގައި ޓީމު އިވެންޓުގެ އިތުރުން ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި މިކްސް ޑަބަލްސް އަދި ޑަބަލްސް އިވެންޓު ވެސް ވަނީ ކުރިއަށްގޮސްފައެވެ.
އެހެން މުބާރާތްތަކާ ހިލާފަށް މި މުބާރާތުގައި ވަނަވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅައިފައެވެ. އެގޮތުން ކޮންމެ އިވެންޓެއްގެ ޗެމްޕިއަން، ރަނަރަޕް އަދި ތިންވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމުތައް އެމްޕީބީއޭ އިން ވަނީ އިއުލާނުކޮށްފައެވެ.
ގައުމީ ބިލިއާޑް މުބާރާތް
ގައުމީ ބިލިއާޑް މުބާރާތް
ގައުމީ ބިލިއާޑް މުބާރާތް
ގައުމީ ބިލިއާޑް މުބާރާތް