ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީގެ ފިރިކަލުން އިބްރާހިމް ޒާހިރު އަވަހަރާވެއްޖެ އެވެ.
އިބްރާހިމް ޒާހިރު އަވަހާރަވެފައިވަނީ ފުއްޕާމޭގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިދަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައި އިންޑިއާގެ ރާޖަގިރި ހޮސްޕިޓަލްގަ އެވެ.
ޒާހިރުގެ ކޮއްކޮ އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު "ވަން" އަށް މިއަދު ވިދާޅުވީ އޭނާގެ ބޭބެ މީގެ އަހަރެއްހައި ދުވަސް ކުރީއްސުރެ ގަވައިދުން ފުއްޕަަމޭގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ވަޑައިގެންފައިވާ ކަމަށެވެ.
ފުއްޕާމޭގެ ބަލި ތަހައްމަލު ކުރައްވަމުން ގެންދަވަނިކޮށް ކޮވިޑު ޖެހި އިތުރަށް ހާލު ގޯސްވި ކަމަށް ޒުހައިރު ވިދާޅުވި އެވެ.
ޒާހިރު އަވަހާރަވި އިރު އުމުރަކީ 66 އަހަރެވެ. އޭނާއަކީ ވިލާ ކުންފުންޏަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށްދެއްވައިފައިވާ ބޭފުޅެކެވެ.
މިވަގުތު ޖެންޑާ މިނިސްޓަރު އައިޝަތު ދީދީ އަދި ޒާހިރުގެ އާއިލާގެ ބައެއް ބޭފުޅުން ތިއްބެވީ އިންޑިއާގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު