އަރައިރުމެއްގެ ތެރެއިން އަންހެނަކު އޭނާގެ ފިރިމީހާގެ ބަނޑަށް ވަޅި ހަރައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ފިރިހެނެއްގެ ބަނޑަށް ވަޅި ހެރި މައްސަލައެއް މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިމައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގީ ދެމަފިރިން ދެމެދުގައި ހިނގި ޒުވާބަކަށްފަހުގަ އެވެ. އެނގިފައިވާ ގޮތުގައި އެ ފިރިހެންމީހާގެ ހާލު ސީރިއަސް ވެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު ވިދާޅުވީ ބަނޑަށް ވަޅި ހަރައިގެން މީހަކު އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހާގެ ހާލަތު މިވަގުތު ވިދާޅުވާން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު