ގަވާއިދާ ހިލާފަށް ރާއްޖޭގައި ކަޅު ބާޒާރުގައި ބޭރުފައިސާ ވިއްކާ ކަމުގެ ތުހުމަތުގައި ހޯދަމުން އައި ދެ މީހުން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.
ރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމަށް ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކައި، ސައްހަ ނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަމުން ދިޔައީ ބަންގްލަދޭޝަށް ނިސްބަތްވާ ދެ މީހެކެވެ. އެއީ މުހައްމަދު އިގްބާލު ހޮސައިން (ޕާސްޕޯޓް ނަންބަރު EE0669802) އާއި ޝޮހެލް (ޕާސްޕޯޓް ނަންބަރު BC0463544) އެވެ. މި ދެ މީހުންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ދެ މީހުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މި ދެމީހުން ރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ގޮސް އަމިއްލަޔަށް ފުލުހުންނާ ހަވާލުވެފައިވާ ކަމަށެވެ. އެހެން ކަމުން މިވަގުތު އެ ދެމީހުންވެސް ތިބީ ފުލުހުންގެ ހައްޔަރުގައި ކަމަށް އޮފިސަރު ވިދާޅުވި އެވެ.
ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމަކީ ފަހަކަށް އައިސް އިތުރުވެފައިވާ ބޮޮޑު މައްސަލަ އެކެވެ. ހާއްސަކޮށް ޑޮލަރުގެ ކަޅު ބާޒާރެވެ. މިކަމުގައި ކުރީ ސަފުގައި އުޅޭ ތަން ފެންނަނީ ބިދޭސީންނެވެ.
މިދިޔަ އާދީއްތަ ދުވަހު ފުލުހުން ވަނީ ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކާ ދެ ބޮޑަކު ހައްޔަރުކޮށްފައެވެ. ފުލުހުން ހައްޔަރުކުރި ބަންގުލަދޭޝްގެ ރޮބީއުﷲ އަށް 10 ދުވަސް ހަމަ އެގައުމުގެ މުހައްމަދު ފިރްދައުސްގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހު ޖަހައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު