އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން އެ ހޮސްޕިޓަލުގެ މޯބައިލް އެޕްލިކޭޝަނާއި އޮންލައިން ޕޯޓަލް މިއަދު ތައާރަފުކޮށްފިއެވެ.
އެ އެޕްލިކޭޝަނަކީ އެ ހޮސްޕިޓަލުގެ، ހޮސްޕިޓަލް މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (އެޗްއެމްއައިއެސް)ގެ ދަށުން ގާއިމުކޮށްފައިވާ އެޕްލިކޭޝަނެކެެވެ. އައިޖީއެމްއެޗުން ބުނީ، އެޗްއެމްއައިއެސްގެ ބޭނުމަކީ އެ ހޮސްޕިޓަލުގެ ކަންކަން ހަރުދަނާކޮށް، ޑިޖިޓަލްކޮށް ސިއްހީ ރިކޯޑުތައް މެނޭޖު ކުރުން ކަމަށެވެ.
އެޕްލިކޭޝަނާއި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެދެން ހުންނާނެއެވެ. އަދި ބޭސް ސިޓީއާއި ލެބް ރިޕޯޓުގެ އިތުރުން އެހެނިހެން ރިޕޯޓުތައް ބަލައި، ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ބިލުތައް ވެސް ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ބަލައިލެވެން ހުންނާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އައިޖީއެމްޗުން ބުނީ މިވަގުތު އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނީ ހަމައެކަނި އެންޑްރޮއިޑް ފޯނުތަކަށް ކަމަށާއި ވަރަށް އަވަހަށް އައިއޯއެސް ފޯންތަކަށް ވެސް އެޕްލިކޭޝަން ޑައުންލޯޑްކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.
އެ ހޮސްޕިޓަލުން މިއަދު ވަނީ މިދިޔަ އަހަރު ފެށި ޕެރަމެޑިކްސްގެ ހިދުމަތަށް އެއް އަހަރު ފުރުން ވެސް ފާހަގަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު