ސީލިންގު ފޫ އަޅުވާލުމަށް ފަހު ވަން ވަޒަނެއް ހަށިގަނޑަށް އަރައި، ނިދާފައި އޮތް ކުއްޖަކު މަރުވެއްޖެއެވެ.
އިންޑިއާގެ ކެރެއްލާއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ މަރިޔަމް ސޫޒަން މެތިއު މަރުވެފައިވަނީ އެމެރިކާގެ އަލަބާމާގައި ދިރިއުޅެމުން ދިޔަ އޭނާގެ ގެއަށް ހީވެސް ނުކުރާ ގޮތަކަށް ލިބުނު ހަމަލާއެއްގައެވެ.
ހަބަރުތައް ބުނާގޮތުގައި އެ ކުއްޖާ ދިރިއުޅެމުން ދިޔަ ގޭގެ މަތީ ބުރީގައި ހިނގި ބަޑީގެ ހަމަލާއެއްގައި ސީލިންގު ފޫ އަޅުވާލުމަށްފަހު ވަދެފައިވާ ވަޒަނެއް ވަނީ މި ކުއްޖާގެ ގަޔަށް އަރާފައެވެ.
މޮންޓްގޮމެރީ ފުލުހުން މީޑިއާއަށް މައުލޫމާތު ދީފައިވާގޮތުގައި މި ހާދިސާގައި 19 އަހަރުގެ ސޫޒަން ވަނީ ވަގުތުން މަރުވެފައެވެ. މި ހަމަލާ ދިން ބަޑީގެ ވެރި ފަރާތަކީ މަތީ ބުރީގައި ދިރިއުޅެމުން ދިޔަ މީހެއް ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި ކުއްޖާގެ ހަށިގަނޑު ކެރެއްލާ އަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މިއީ މޮންޓްގޮމެރީގައި މި ހަފުތާ ތެރޭގައި އެކަނި ހިނގި މިފަދަ ދެ ވަނަ ބަޑީގެ ހާދިސާއެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިނގި ބަޑީގެ ހަމަލާއެއްގައި ފިރިހެނަކު ވަނީ މަރުވެފައެވެ. މި މަހުގެ ކުރީކޮޅު ވެސް ކެރެއްލާ މީހަކު ވަނީ ބަޑީގެ ހަމަލާއެއްގައި އެމެރިކާގައި މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ