އުރީދޫން ޔޫޓިއުބް އަދި ޓިކްޓޮކްއަށް ހާއްސަ ޑޭޓާ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ.
އުރީދޫން ބުނީ މިއަދު ތައާރަފުކުރި ޑޭޓާ ޕެކްތަކަކީ 10 ރުފިޔާއިން ފެށިގެން 250 ރުފިޔާއާ ހަމައަށް ބޮޑެތި ޑޭޓާ އެލަވަންސް ހިމެނޭ ޕެކްތަކެއް ކަމަށެވެ.
- ޓިކްޓޮކް އަވާލީ - 10 ރުފިޔާއަށް 2 ޖީބީ
- ޓިކްޓޮކް ޑެއިލީ - 20 ރުފިޔާއަށް 20 ޖީބީ
- ޓިކްޓޮކް ވީކްލީ - 100 ރުފިޔާއަށް 50 ޖީބީ
- ޓިކްޓޮކް މަންތުލީ - 250 ރުފިޔާއަށް 100 ޖީބީ
- ޔޫޓިއުބް އަވާލީ - 10 ރުފިޔާއަށް 2 ޖީބީ
- ޔޫޓިއުބް ޑެއިލީ - 20 ރުފިޔާއަށް 20 ޖީބީ
- ޔޫޓިއުބް ވީކްލީ - 100 ރުފިޔާއަށް 50 ޖީބީ
- ޔޫޓިއުބް މަންތުލީ - 250 ރުފިޔާއަށް 100 ޖީބީ
އުރީދޫން ބުނީ ޓިކްޓޮކް އާއި ޔޫޓިއުބަކީ ގިނަ ކަސްޓަމަރުންތަކެއް ބޭނުންކުރާ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމްތަކެއް ކަމަށާއި އެހެންކަމުން މި ޑޭޓާ ޕެކްތަކުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު، މެދުކެނޑުމެއްނެތި ކޮންމެ ވަގުތަކުވެސް ޓިކްޓޮކް އަދި ޔޫޓިއުބް ކޮންޓެންޓް ހެޔޮ އަގުގައި ބަލައިލުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.
އަލަށް ތައާރަފުކުރި ޑޭޓާ ޕެކްގެ އިތުރުން، އުރީދޫ ފްލިކްސް ޕެކް ނަގާ ފަރާތްތަކަށް ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސޮނީލިވް އަދި މީޑިއާނެޓް އެމްއެސް އެޕްގެ ކޮންޓެންޓް ބަލައިލެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު