ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސަކަށް އެ ބޯޑުގެ މެމްބަރު ފާތިމަތު ނިއުމާ އިންތިހާބުކޮށްފިއެވެ.
މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިން އެންޑް އިންފްރާސްޓްރަކްޗަގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވަމުންދާ ނިއުމާ އެލްޖީއޭގެ ނައިބު ރައީސަކަށް އިންތިހާބުކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ބޭއްވި އެ އޮތޯރިޓީ މިއަހަރުގެ 31 ވަނަ ބޯޑް ބައްދަލުވުމުގައެވެ.
އެލްޖީއޭގެ ބޯޑަށް ނިއުމާ އައްޔަންކޮށްފައިވަނީ ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން އައްޔަންކުރަންޖެހޭ މެންބަރުގެ ގޮތުގައެވެ.
ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން އެލްޖީއޭގެ ރައީސް އަކީ އެލްޖީއޭގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރެވެ. އެގޮތުން އެލްޖީއޭގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.
އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވީ އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް ފާތިމަތު އަފްޝަން ލަތީފެވެ.
ފަސް އަހަރުގެ ދައުރެއް ކަނޑައަޅާފައިވާ އެލްޖީއޭގެ ބޯޑުގައި، ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީރަކާއި، ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި އަދި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެއްގެ އިތުރުން މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް ހިމެނެން ޖެހެއެވެ.
އޭގެ އިތުރުން ގާނޫނަށް ގެނައި އިސްލާހާއެކު އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން އަތޮޅު ކައުންސިލް ރައީސުންގެ ތެރެއިން މެންބަރެއްވެސް އިންނަވަން ޖެހެއެވެ.
- ރައީސް - ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
- ނައިބު ރައީސް - ފާތިމަތު ނިއުމާ
- ފާތިމަތު އަފްޝަން ލަތީފް (ސީއީއޯ)
- މުހައްމަދު ނިމާލް (އަތޮޅު ކައުންސިލް ރައީސުން ތަމްސީލު ކުރާ މެމްބަރު)
- އިސްމާއިލް ރަފީގު (މޭޔަރުން ތަމްސީލު ކުރާ މެންބަރު، ފުވަމުއްލަކު ސިޓީގެ މޭޔަރު)
- އަޒްހާ ޒަމީރު ، މެމްބަރު
- އައިޝަތު ޒީނާ އަލީ، މެމްބަރު
- އަހްމަދު ޝަރީފު، މެމްބަރު
- ހުސައިން ޔާމީން މުހައްމަދު، މެމްބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު