ބިޒްނަސް ވިސާގެ ހުއްދަ ދޫކުރާތާ ތިން މަސްދުވަހުގެ ތެރޭގައި އެ ހުއްދައިގެ ދަށުން ރާއްޖެ އެތެރެވެފައިނުވާ ނަމަ، ވިސާ ކެންސަލް ކުރާ ގޮތަށް ބިޒްނަސް ވިސާއާ ބެހޭ ގަވާއިދު އިކޮނޮމިކް މިނިސްޓްރީން އިސްލާހުކޮށްފިއެވެ.
މިގެ ކުރިން ގަވާއިދުގައި އޮންނަނީ ވިސާ ދޭތާ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖެ ނާންނަ ނަމަ ވިޒާ ބާތިލުކުރެވޭ ގޮތަށެވެ. ނަމަވެސް މިހާރު މިވަނީ އެ މުއްދަތު ތިން މަހަށް ކުޑަކޮށްފައެވެ.
މީގެ އިތުރުން ކޮންމެ އަހަރަކު ބިޒްނަސް ވިސާ ދޫކުރެވޭނީ ކޮންމެ އަހަރެއްގެ 180 ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެ މަތިން، ފަހަރަކު 30 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތަކަށް ކަމަަށްވެސް ގަވާއިދަށް ވަނީ ބަދަލު ގެނަސްފައެވެ.
ވިސާގެ މުއްދަތު އިތުރުކޮށްދެވޭނީ ވެސް، މުއްދަތު ހަމަވާ ތާރީހުން ފެށިގެން 180 ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެ މަތިން، ފަހަރަކު 30 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތަކަށް ކަމަށްވެސް ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވެއެވެ.
ބިޒްނަސް ވިސާއަށް އެދި ހުށަހަޅަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް http://business.egov.mv މެދުވެރިކޮށް އެކަނި ކަމަށް ކަނޑައަޅައި، މިދިޔަ އޮގަސްޓް މަހު އިކޮނިމިކް މިނިސްޓްރީން ގަވާއިދަށް ބަދަލުު ގެނަސްފައިވާ އިރު، ބިޒްނަސް ވިސާގެ ފީގެ ގޮތުގައި 750 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު