އަންނަ 2022 ވަނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ކަންތައްތައް ރަނގަޅަށް ކުރިއަށް ނުގޮސްފިނަމަ، މިހާރު ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށްވުރެން އިތުރަށް އެއް ބިލިޔަން ރުފިޔާ ދަރަނި ވެދާނެ ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް މިހެން ވިދާޅުވީ، ބަޖެޓްގައި ހިމެނިފައިވާ ކަންތައްތަކާބެހޭ ގޮތުން އޮޑިޓާ ޖެެނެރަލްގެ އިޝްތިޝާރީ ލަފައެއް ހޯދުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބަޖެޓުގައި ހިމެނޭ ކަންތައްތަކާ ބެހޭ ގޮތުން އޮޑިޓާ ޖެނެރަލް ދެކެވަޑައިގަންނަވާ ގޮތް ހާމަ ކުރައްވަމުންނެވެ.
އަންނަ އަހަރަށް ލަފާކޮށް 36.9 ބިލިޔަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާއިރު، އެއީ 9.7 ބިލިއަން ރުފިޔާގެ ދަރަނި ނުވަތަ ޑެފިސިޓް ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.
އާމްދަނީ އިތުރުކުރަން ބަޖެޓުގައި އަލަށް ހިމަނާފައިވާ ކަންކަމުގެ ތެރޭން، ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގައިގެން ލިބޭނެ ކަމަށް ކަނޑައަޅާފައިވާ 47.7 މިލިއަން ރުފިޔާ އާއި ބިން ވިއްކައިގެން ލިބޭނެ ކަމަށް ހިމަނާފައިވާ 300 މިލިއަން ރުފިޔާއަކީ ގާނޫނުތަކަށް ބަދަލު ގެނެސްގެން ލިބޭނެ އާމްދަނީ ކަމަށްވާތީ، އެކަމަށް ވަގުތު ނަގާނެގުމުގެ ކަންބޮޑުވުން ވެސް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަ ކުރައްވައިފައެވެ.
ނަމަވެެސް ބޭރުގެ ކްރެޑިޓް ރޭޓިން އިދާރާތަކުން ރާއްޖޭގެ ރޭޓިން މަތި ކުރުމަކީ ޕޮޒިޓިވް ނިޝާނެއް ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު