މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމުގައި ހުންނެވި ގޯޑަން އެންޑްރޫ ސްޓުވާޓް މިއަދު މަގާމުން ވަކިކޮށްފިއެވެ.
އެމްއޭސީއެލުން މިރޭ "ވަން" އަށް ބުނީ ގޯޑަން، އެކުންފުނީގެ ސީއީއޯ އަދި އެމްޑީކަމުގެ މަގާމުން މިއަދު ވަކިކޮށްފައިވާ ކަމަށެވެ. އޭނާ ވަކިކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން އަންގައިގެން ކަމަށްވެސް ބުންޏެވެ.
ނަމަވެސް ގޯޑަން އެންޑްރޫ މަގާމުން ވަކިކޮށްފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އެމްއޭސީއެލުން ހާމަކޮށްފައެއްނުވެއެވެ.
އެމްއޭސީއެލްގެ އެމްޑީ އަދި ސީއީއޯގެ މަގާމަށް ގޯޑަން އެންޑްރޫ އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ.
ގޯޑަން އަކީ ޔޫރަޕް، މެދުއިރުމަތި، އުތުރު އެފްރިކާ، އޭޝިއާ އަދި އުތުރު އެމެރިކާގައި އޭވިއޭޝަން އެންޑް ޓްރާންސްޕޮޓޭޝަން އިންޑަސްޓްރީގައި 30 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި އޭގެ ތެރެއިން 20 އަހަރަށްވުރެ ގިނަ ދުވަސް ގޯޑަން ހޭދަކުރައްވާފައިވަނީ އެގްޒެކެޓިވް އަދި ބޯޑު ފެންވަރުގެ މަގާމުތަކުގައެވެ.
އެމްއޭސީއެލްގެ ސީއީއޯ މަގާމުން ވަކިކޮށްފައިވާއިރު މިއަދު ވަނީ އެމްއޭސީއެލްގެ ޗީފް އޮޕަރޭޝަންސް އޮފިސަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފައެވެ. އެގޮތުން އެ މަގާމަށް އައްޔަންކުރައްވާފައިވަނީ އެއާޕޯޓްތައް ހިންގެވުމުގައި ދާއިރާގައި 20 އަހަރު ހޭދަކުރައްވާފައިވާ އިނގިރޭސިވިލާތަށް ނިސްބަތްވާ ޑެރަން ވިލިއަމްސްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު