ދިވެއްސަކު ބަރަހަނާކޮށް ވީޑިއޯކުރުމަށް ފަހު އޭނާ އަތުން ފައިސާ ހޯދަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި ތިން މީހުން ދޫކޮށްލައިފިއެވެ.
މާލޭގައި 27 އަހަރުގެ ދިވެހި ފިރިހެނަކަށް ބިރުދައްކައި، ބަރަހަނާކޮށް، ވީޑިއޯ ކުރުމަށްފަހު ބްލެކްމެއިލްކޮށްގެން ފައިސާ ހޯދަން އުޅުނު މައްސަލައެއް ފުލުހަށް ހުށަހަޅާފައިވަނީ ރޭ ދަންވަރު 3:49 ހާއިރެވެ.
މި މައްސަލައާ ގުޅިގެން އުމުރުން 24 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 31 އަހަރުގެ މީހަކު ރޭ ދަންވަރު ވަނީ ފުލުހުންގެ ހައްޔަރުކޮށްފައެވެ. އެ އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާތީ ރޭ ހައްޔަރުކުރި ތިން މީހުން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ.
ނަމަވެސް ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު