ދަނޑުވެރިކަމަށް ފަސް ރަށެއް 21 އަހަރަށް ކުއްޔަށް ދޭން މިއަދު ބީލަމަށް ލައިފިއެވެ.
އެގްރިކަލްޗާ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ކަނޑައަޅާފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ގޮތުން ދެވަނަ ބުރުގައި ފަސް ފަޅުރަށެއް ބީލަމުގެ އުސޫލުން 21 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ މަގުސަދަކީ އްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެ ކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރު ކޮށްދިނުން ކަމަށެވެ. އޭގެ އިތުރުން ކުކުޅު އަސްދޫނި ފަދަ ޕޯލްޓްރީގެ ބާވަތްތަކާއި ބަކަރި ފަދަ ޖަނަވާރު ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާ ގެހީގެ މުޑުވައް ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުސަތުތައް އިތުރުކުރުން ހިމެނެއެވެ.
މިނިސްޓްރީން ބުނީ، ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމަށް ބާރު އެޅުމުގެ ގޮތުން މި ރަށްތަކަށް ދައްކަން ޖެހޭ އަހަރީ ކުއްޔަކީ އަކަފޫޓަކަށް 10 ލާރި ކަމަށާއި އަދި ރަށްތަކުގެ ބިމުގެ ސަރަހައްދުން ގިނަވެގެން 30 ޕަސެންޓް ސަރަހައްދެއްގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަންޖެހޭނެ ކަމަށެވެ.
ދަނޑުވެރިކަމަށް މިިދިޔަ އަހަރު ހަ ރަށެއް ހުޅުވާލިއެވެ. އެއީ ހއ. މަޑުލު، ށ. ކަކާއެރިޔަދޫ، ށ. ނެޔޮ، ނ. ތޮޅެންދޫ، ބ. މާއްޑޫ އަދި ގދ. އޮއިނިގިއްލާއެވެ. އެރަށްތަކުގެ ތެރެއިން މާއްޑޫ ދަނޑުވެރިކަމަށް ދޫނުކުރަން ފަހުން ނިންމިއެވެ.
- ށ. ނެޔޮ - 20.17 ހެކްޓަަރު
- ނ. ތޮޅެންދޫ - 16.13 ހެކްޓަރު
- ގދ. އޮއިނިގިއްލާ -14.38 ހެކްޓަރު
- މ. މާހުރާ - 4.80 ހެކްޓަރު
- ލ. ތުނބުރި - 18.48 ހެކްޓަރު
ޚަބަރު
ޚަބަރު
ޚަބަރު