މެދު ފަންތީގެ އަމިއްލަ ވިޔަފާރިތަކާއި ޕަބްލިކް ސެކްޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ކުޑަ އުޖާރައިގެ ގޮތުގައި ދޭން މިނިމަމް ވޭޖު ބޯޑުން ލަފާދިން އަދަދު ބަލައިގަނެ، ރާއްޖޭގެ ފުރަތަމަ މިނިމަމް ވޭޖު ކަނޑައަޅައި އިއުލާންކޮށްފިއެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ޖަލްސާއެއްގައި މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މިނިމަމް ވޭޖް ގަރާރުގައި ސޮއިކުރައްވައިފައެވެ.
މިނިމަމް ވޭޖް ކަނޑައަޅައި އިއުލާންކުރީ، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ލަފާދިން ގޮތަށް ހަތަރު ކެޓަގަރީއަކަށެވެ. އެއީ ސިވިލް ސާވިސް، ކުދި ވިޔަފާރިތައް، މެދުފަންތީގެ ވިޔަފާރިތައް އަދި ބޮޑެތި ވިޔަފާރިތަކެވެ.
އެގޮތުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރު ފައްޔާޒަށް ދީފައިވާ ލަފާގައި ވަނީ، ޕްރައިވެޓް ސެކްޓާގެ މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 7,000 ރުފިޔާ ދިނުމަށެވެ. އަދި ޕަބްލިކް ސެކްޓަރަށް ވޭޖް ބޯޑުން ލަފާ އަރުވާފައި ވަނީ ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7،000 ރުފިޔާ ނުވަތަ ހަ ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ މަގުން ދިނުމަށެވެ.
މިނިސްޓަރު މިއަދު އިއުލާންކުރެއްވީވެސް އެ އަދަދެވެ. ނަމަވެސް ސަރުކާރުގެ މުވައްޒަފުން މިހާރު މަސައްކަތްކުރާ ވަގުތު، ހަ ގަޑިއިރުން އަށް ގަޑިއިރަށް އިތުރުކުރަން ޕޭ ކޮމިޝަނުން ލަފާ ދީފައިވާތީ އެކަމާ މެދު ވިސްނައި ގޮތެއް ނިންމަން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު