އައްޑޫ ސިޓީގެ ލިންކް ރޯޑުގައި ރޭ ފަތިހު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫގެ ކައުންސިލަރު ހުސެއިން ޒަރީރު "ވަން" އަށް މިރޭ ވިދާޅުވީ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް މިރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ހާމައެއް ނުކުރެއެވެ.
މައުލޫމާތު ލިިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ 59 އަހަރުގެ ސ. ހިތަދޫ، ނަޔާބު، ހަސަން އަލީ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ހަސަން އަލީ ސައިކަލުގައި ދަނިކޮށް ހިތަދޫ ގައުކެޑި ސަރަހައްދުން ކަސްރަތު ކުރުމަށް ނުކުމެ އުޅުނު މީހެއްގެ ގައިގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އެމީހާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ހިނގާފައި ދިޔަ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު