ކުޅުދުއްފުށި ސިޓީން 42 އިންޗި (ގާތްގަނޑަކަށް ތިން ފޫޓުބައި) ގެ ހަރުފައެއް ހިފައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުގެ ސިފައިން، ކުޅުދުއްފުށި ސިޓީން ފެނުނު ހަރުފައެއް މިއަދު ހިފި ކަމަށެވެ.
މި ހަރުފަ މިއަދު ފެނިފައިވަނީ، ރާއްޖެއިން ބޭރުން ގެނައި ލަކުޑިތަކެއްގެ ތެރެއިން ކަމަށާއި، މި ހާދިސާގެ މައުލޫމާތު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް މިއަދު ލިބުމާ އެކު، ސިފައިންގެ ޓީމެއް ސަރަހައްދަށް ގޮސް، ފުލުހުންނާ ގުޅިގެން ހަރުފަ ހިފުމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މިއީ ކޮން ވައްތަރެއްގެ ހަރުފައެއް ކަމެއް އެމްއެންޑީއެފް އިން ބުނެފައެއް ނުވެއެވެ.
ސިފައިންނާއި ފުލުހުން ގުޅިގެން ކުޅުދުއްފުށިން 42 އިންޗީގެ ހަރުފަ ހިފާފައިވަނީ، މިއަދު ގާތްގަނޑަކަށް 10 ޖަހާކަށްހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މީގެ ކުރީން ވެސް ރާއްޖެއަށް ގެންނަ މުދަލުގެ ތެރެއިން ހަރުފަ ފެނިފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު