ރާއްޖޭގެ ސިޔާސީ އަދި ޑިމޮކްރެޓިކް ހަޔާތުގެ މުހިންމު ބަދަލުތައް ބުރަވެފައިވަނީ ޒުވާނުންގެ ނިންމުމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މުހިންމު ހައްގުތަށް ޒުވާނުންނަށް ލިބިދިނުމުގެ ބޭނުމަކީ ގައުމު ބިނާކުރުމުގެ ކަންކަމުގައި ބައިވެރިވުމާއި އެފަދަ ކަންކަމުގެ ސިޔާސަތުތައް ކަނޑައަޅާއިރު، ބަސް ބުނުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށެވެ.
"އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން، ރާއްޖޭގެ ސިޔާސީ އަދި ޑިމޮކްރެޓިކް ހަޔާތުގައި މިއައި މުހިންމު ބަދަލުތައް ބުރަވެފައިވަނީ ދިވެހި ޒުވާނުންގެ ނިންމުމުގެ މައްޗަށް. މިއިން އެނގެނީ ކޮންމެ ދާއިރާއަކުން ވިޔަސް، އަމާން މިސްރާބަކަށް ރާއްޖެ ދަތުރުކުރުމަކީ ޒުވާނުން އެންމެ ބޭނުންވާ ގޮތް ކަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޒުވާނުންގެ ދުވަސް މި ފާހަގަކުރަނީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ވަރަށް މުހިންމު ހައްގުތަކެއް ދިވެހި ޒުވާނުންނަށް ލިބުނު ދުވަހެއްގައި ކަމަށާއި އެއީ އުމުރުން 18 އަހަރުވުމުން އިންތިހާބުތަކުގައި ވާދަކުރުމާއި އިންތިހާބުތަކުގައި ވޯޓުދިނުމުގެ ހައްގު ދިވެހި ޒުވާނުންނަށް ލިބިދިން ގާނޫނުއަސާސީގެ 26 ވަނަ މާއްދާ ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކުރި ދުވަސް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު