ދޫނިދޫ ޖަލުގައި ހަމަނުޖެހުމެއް ނުހިންގާ ކަމަށާއި އެތަން އޮތީ އާންމު ހާލަތުގައި ކަމަށް ފުލުހުން ބުނެފިއެވެ.
ދޫނިދޫ ޖަލުގައި ހަމަނުޖެހުންތަކެއް ހިންގަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ފުލުހުން ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަންދުގައި ތިބި ބަޔަކު ދޫނިދޫ ކަސްޓޯޑިއަލްގައި ތިބުމުން، އެކަމާ ދެކޮޅަށް އެ ޖަލުގައި ތިބި ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކޮށް، ހަޅުތާލު ކުރަމުންދާ ކަމަށެވެ.
ނަމަވެސް ހިތްހަމަނުޖެހުން ފާޅުކޮށް، ހަޅުތާލު ކުރަމުންދަނީ ކިތައް މީހުން ކަމެއް އެނގިފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ މީހުން އެއްވެސް ހަމަނުޖެހުމެއް ނުހިންގާ ކަމަށާއި ދޫނިދޫ ކަސްޓޯޑިއަލްގެ އޮތީ އާންމު ހާލަތުގައި ކަމަށެވެ.
ދޫނިދޫ ޖަލުގައި ބަހައްޓަނީ ކުށް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުން އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު