ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މާދަމާ އއ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ ރައީސް މާދަމާ ފައްޓަވާ ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތޮއްޑޫ، އުކުޅަސް، މަތިވެރި، ރަސްދޫ، ބޮޑުފުޅަދޫ އަދި ހިމަންދޫ އަށެވެ. ނަމަވެސް މިއީ ކިތައް ދުވަހުގެ ދަތުރުފުޅެއް ކަމަށް މަބްރޫކް ވިދާޅެއް ނުވެއެވެ.
ރައީސްގެ މިދަތުރުފުޅުގައި އެރަށް ރަށުގެ ސަރުކާރުގެ އިދާރާތަކާއި ރަށްރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ. އޭގެ އިތުރުން ބައެއް ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންގޮސްފައިވާ ތަރައްގީގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވާނެއެވެ.
ރައީސް މިިހާރު ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މީގެ ކުރިން ވަނީ ހދ. އަތޮޅާއި ށ. އަތޮޅާއި ރ. އަތޮޅާއި ތ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.
ރައީސް، އއ. އަތޮޅުގެ ބައެއް ރަށްރަށަށް ފައްޓަވާ ދަތުރުފުޅުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައީސް އޮފީހުގެ ބައެއް އިސް މުވައްޒަފުން ބައިވެރިވެލައްވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު