މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 923،000 ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ދިވެހި ސަރުކާރުން ބުނީ، ދައުލަތުގެ ބަޖެޓުގެ އަންދާޒާއަކީ މިއަހަރު ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ގެނައުން ކަމަށެވެ. އެގޮތުން މިހާތަނަށް 923،300 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
"އަންދާޒާ ކުރި އަދަދުގެ 90 ޕަސަންޓަށް ވުރެ މަތިން ފަތުރުވެރިން މިހާރު ވަނީ ރާއްޖެ ޒިޔާރަތްކޮށްފައި" ސަރުކާރުން ބުންޏެވެ.
ސަރުކާރުން ބުނީ، ރާއްޖެއަކީ ކޮވިޑުގެ ހާލަތުގައި އެންމެ އަވަހަށް ބޯޑަރުތައް ފަތުރުވެރިކަމަށް ހުޅުވާލި ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމު ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ 93 ޕަސަންޓް މުވައްޒަފުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުން މިއަހަރު ރާއްޖެއަށް މިލިއަނަށްވުރެ ފަތުރުވެރިން ގެނެވޭނެއެވެ. ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ސީޒަނަށް ވުމާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް މިނިސްޓްރީން ލަފާ ކުރެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު