މަސްޖިދު މުހައްމަދުގެ ނަމުގައި ހުޅުމާލޭގައި އިމާރާތްކުރި މިސްކިތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުވައިދެއްވައިފިއެވެ.
ހުޅުމާލޭގެ މޫމިނާ މަގުގައި ހުންނަ މި މިސްކިތަކީ ދެ ފްލޯއަށް ހަދާފައިވާ 760 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މިސްކިތުގެ މަތީ ފްލޯގައި އަންހެނުނަށް ނަމާދު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.
މިސްކިތް އިމާރާތް ކުރަން ފަށާފައި ވަނީ ޖުލައި 18، 2019 ގައެވެ. އަދި މިދިޔަ އާދީއްތަ ދުވަހު އެ މިސްކިތުގައި އިތުރަށް ފުރިހަމަ ކުރަން ހުރި ހުރިހާ ކަމެއް ނިންމާލުމަށް ފަހު މިހާރު ވަނީ ނަމާދު ކުރެވޭ ގޮތަށް ހުޅުވާލައިފައެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން ސަރުކާރުގެ އިސް ވެރިންނާއި މިސްކިތް އިމާރާތް ކުރި ކުންފުނީގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މިސްކިތް ހުޅުވައިދެއްވުމަށްފަހު ރައީސް ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވަނީ މި މިސްކިތުގައި މިއަދުގެ އަސުރު ނަމާދު ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު