އައިޖީއެމްއެޗްގައި މިއަދު ވިހެއި އެއްމާބަނޑު ތިން ކުދިން މަރުވެއްޖެއެވެ.

މިއަދު މަރުވެފައިވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ދެމަފިރިއަކަށް ލިބުނު ތިން ކުދިންނެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ކުދިން ވިހާފައި ވަނީ ދުވަސް ނުފުރައެވެ. އެކުދިން ވިހާފައިވަނީ ބަނޑަށް 21 ހަފުތާގައެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެ ތިންކުދިން މަރުވީ ވިހެއުމަށްފަހު ގަޑިއެއްހާ އިރު ފަހުން ކަމަށާއި ވިހެއުމާ ހަމައަށްވެސް އަންހެން މީހާގެ ހާލު ރަނގަޅު ކަމަށެވެ.

"ވިހެއިތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން މަރުވީ" އޮފިޝަލް ވިދާޅުވިއެވެ.

އެއްމާބަނޑު ތިން ކުދިންގެ ޖަނާޒާ މިއަދު ހަވީރު 5:00 ގައި އާސަހަރާ މިސްކިތުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.