ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު 1:30 ގައި ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ބުނީ މިއަދު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއަށްފަހު، ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވި ގޮތަށް ރާއްޖެ ވަޑައިނުގެން ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ.

އިއްޔެ ރާއްޖެ ވަޑައިގެންނެވުމަށްފަހު ރައްިޔތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ ރައީސް މުހައްމަދު ނަޝީދެވެ.