ގއ. ކޮނޑޭގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމަށް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިކަމާބެހޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، މި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އެއީ 7.6 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.