ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑަށް ވެކްސިން ފުރިހަމަކުރި އިތުރު 44 ރަށަކާއެކު ޖުމުލަ 132 ރަށަކަށް ޕީސީއާރު ނެގެޓިވް ނަތީޖާއަކާ ނުލައި ދަތުރު ކުރުމުގެ ހުއްދަ ދީފިއެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑު ފެތުރުމުންދާތީ، މާލެއިން ރަށްރަށަށް ދަތުރުކުރާ އިރު 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ. ނަމަވެސް ވެކްސިން ޖަހަން ފެށުމުން ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަރަންޓީނުވުމެއް ނެތި މާލެއިން ރަށްރަށަށް ދަތުރު ކުރެވޭ ގޮތް ހެދިއެވެ. އެކަމަކު އެގޮތަށް ދަތުރު ކުރެވެނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކުއެވެ.

ނަމަވެސް މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ވެކްސިން ޖަހަން ޖެހޭ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ރަށްރަށަށް ޕީސީއާރު ޓެސްޓު ހެދުމަކާ ނުލައި ދަތުރު ކުރެވޭނެ ގޮތަށް އުސޫލު ބަދަލުކުރިއެވެ.

އެގޮތުން 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމާއި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމުގެ އިތުރުން ގެސްޓްހައުސް ހުންނަ ރަށްރަށުގައި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މީހުންނާއި ޓޫރިސްޓު ހިދުމަތުގައި މަސައްކަތް ކުރާ މީހުންގެ 95 ޕަސެންޓް ވެކްސިން ފުރިހަމަވެފައިވާ ނަމަ، އެރަށަކަށް ޕީސީއާރު ޓެސްޓު ނުހަދައި ދަތުރު ކުރެވޭނެއެވެ.

ރާއްޖޭގައި މިހާތަނަށް 392،887 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައިވާ އިރު، ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދަކީ 344،123 އެވެ.

  • ހއ. އުލިގަމް
  • ހއ. ކެލާ
  • ހއ. ތަކަންދޫ
  • ހއ. ވަށަފަރު
  • ހއ. މާރަންދޫ
  • ހއ. އުތީމު
  • ހއ. މުރައިދޫ
  • ހދ. ނެއްލައިދޫ
  • ހދ. ކުމުންދޫ
  • ހދ. ފިނޭ
  • ހދ. ކުރިނބީ
  • ހދ. ވައިކަރަދޫ
  • ހދ. ހަނިމާދޫ
  • ހދ. ނައިވާދޫ
  • ހދ. ނޮޅިވަރަންފަރު
  • ށ. ނޫމަރާ
  • ށ. ބިލެތްފަހި
  • ށ. މަރޮށި
  • ށ. މާއުނގޫދޫ
  • ށ. ކޮމަންޑޫ
  • ށ. ފޭދޫ
  • ށ. ގޮއިދޫ
  • ށ. ޅައިމަގު
  • ށ. ކަނޑިތީމު
  • ނ. ޅޮހި
  • ނ. މަނަދޫ
  • ނ. ހޮޅުދޫ
  • ނ. މަގޫދޫ
  • ނ. ހެނބަދޫ
  • ނ. ކެނދިކުޅުދޫ
  • ނ. ލަންދޫ
  • ނ. މާފަރު
  • ނ. ކުޑަފަރި
  • ނ. ވެލިދޫ
  • ނ. މާޅެންދޫ
  • ރ. މަޑުއްވަރީ
  • ރ. އިންނަމާދޫ
  • ރ. އިނގުރައިދޫ
  • ރ. ކިނޮޅަސް
  • ރ. އުނގޫފާރު
  • ރ. އަނގޮޅިތީމު
  • ރ. ރަސްމާދޫ
  • ރ. ވާދޫ
  • ރ. ރަސްގެތީމު
  • ރ. މީދޫ
  • ރ. އަލިފުށި
  • ބ. ފެހެންދޫ
  • ބ. ފުޅަދޫ
  • ބ. ކެންދޫ
  • ބ. ގޮއިދޫ
  • ބ. ދޮންފަނު
  • ބ. ކިހާދޫ
  • ބ. ހިތާދޫ
  • ބ. ދަރަވަންދޫ
  • ބ. ތުޅާދޫ
  • ބ. ކުޑަރިކިލު
  • ބ. އޭދަފުށި
  • ބ. މާޅޮސް
  • ބ. ކަމަދޫ
  • ޅ. ނައިފަރު
  • ޅ. އޮޅުވެލިފުށި
  • ޅ. ހިންނަވަރު
  • ޅ. ކުރެންދޫ
  • ކ. ހުރާ
  • ކ. މާފުށި
  • ކ. ހިންމަފުށި
  • ކ. ގުޅި
  • ކ. ދިއްފުށި
  • ކ. ގުރައިދޫ
  • ކ. ގާފަރު
  • އއ. މަތިވެރި
  • އއ. ތޮއްޑޫ
  • އއ. ރަސްދޫ
  • އއ. ފެރިދޫ
  • އއ. އުކުޅަސް
  • އދ. ދިގުރަށް
  • އދ. މަހިބަދޫ
  • އދ. ކުނބުރުދޫ
  • އދ. އޮމަދޫ
  • އދ. ދަނގެތި
  • އދ. މާމިގިލި
  • ވ. ރަކީދޫ
  • ވ. ފުލިދޫ
  • ވ. ފެލިދޫ
  • ވ. ކެޔޮދޫ
  • ވ. ތިނަދޫ
  • މ. ކޮޅުފުށި
  • މ. މުލަށް
  • މ. ރަތްމަންދޫ
  • މ. ވޭވަށް
  • މ. މަޑުއްވަރީ
  • މ. ދިއްގަރު
  • މ. މުލި
  • މ. ނާލާފުށި
  • ފ. މަގޫދޫ
  • ފ. ދަރަނބޫދޫ
  • ފ. ނިލަންދޫ
  • ފ. ފީއަލި
  • ދ. ބަނޑިދޫ
  • ދ. ކުޑަހުވަދޫ
  • ދ. ރިނބުދޫ
  • ދ. މާއެނބޫދޫ
  • ދ. މީދޫ
  • ދ. ހުޅުދެލި
  • ތ. ތިމަރަފުށި
  • ތ. ކިނބިދޫ
  • ތ. އޮމަދޫ
  • ތ. ވަންދޫ
  • ތ. ވިލުފުށި
  • ތ. ބުރުނީ
  • ތ. ގާދިއްފުށި
  • ތ. ކަނޑޫދޫ
  • ތ. ވޭމަންޑޫ
  • ތ. ހިރިލަންދޫ
  • ތ. ގުރައިދޫ
  • ލ. ހިތަދޫ
  • ލ. މުންޑޫ
  • ލ. އިސްދޫ ކަލައިދޫ
  • ލ. މާބައިދޫ
  • ލ. މާވަށް
  • ލ. މާމެންދޫ
  • ގއ. ވިލިނގިލި
  • ގއ. ކަނޑުހުޅުދޫ
  • ގއ. ކޮލަމާފުށި
  • ގއ. މާމެންދޫ
  • ގއ. ގެމަނަފުށި
  • ގއ. ދެއްވަދޫ
  • ގއ. ކޮނޑޭ
  • ގއ. ނިލަންދޫ
  • ގދ. ރަތަފަންދޫ
  • ގދ. ފިޔޯރީ
  • ޏ. ފުވައްމުލަކު