އުމުރު ބަދަލު ކުރުމަށް ރާއްޖޭގެ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ބަލަން ސުޕްރީމް ކޯޓުން 2016 ވަނަ އަހަރު ނެރެފައިވާ އުސޫލު ސްޕްރީމް ކޯޓުން ބާތިލު ކޮށްފި އެވެ.
ބާތިލުކުރި 2016 ވަނަ އަހަރުގެ ސާކިއުލާގައިވާ ގޮތުން އުމުރު ބަދަލު ކުރުމަށް އެދި ހުށަހަޅާއިރު އުފަން ތާރީހު އަންގައިދޭ ރަސްމީ ލިޔުމެއް އޮވެއްޖެ ނަމަ ހެއްކެއްގެ ގޮތުގައި ބަލާނީ އެ ލިޔުމަށެވެ. އެ ލިޔުމުގައި އޮތީ އަސްލު ނޫން އުފަން ތާރީހެއްކަން ބުއްދިއަށް ގަބޫލު ކުރެވޭ ނަމަ އުމުރު ބަދަލު ކުރަން އެދިފައިވާ ސަބަބަށް ރިއާޔަތް ކުރުމަށް ފަހު ގޮތެއް ނިންމާނީ ހެކިންގެ ހެކިބަހަށް ރިއާޔަތްކޮށްގެންނެވެ.
އުފަން ތާރީހު އަންގައިދޭ އެއް ލިޔުމަށްވުރެ ގިނަ ލިޔުން ހުރެ އަދި އެ ލިޔުންތަކުގައި ތާރީހު ބަދަލުވާ ނަމަ ބަލާނީ އެންމެ ސައްހަ ލިޔުމަކަށް ކަން އެ އުސޫލުގައި ވެ އެވެ. މީގެ އިތުރުން އުފަން ތާރީހު އަންގައިދޭ އެއްވެސް ރަސްމީ ލިޔުމެއް ނެތްކަން ޝަރީއަތަށް ސާބިތު ވާ ހާލަތެއްގައި، އެ ތާރީހާ ބެހޭ ގޮތުން ގޮތެއް ކަނޑައަޅާނީ ހެކިންގެ ހެކިބަހުންނެވެ.
ސްޕްރީމް ކޯޓުން 2016 ވަނަ އަހަރުގެ އެ އުސޫލު ބާތިލު ކުރީ މިހާރު އެ އުސޫލަށް އަމަލުކުރަމުން ނުދާތީ އެވެ. އުސޫލު ބާތިލު ކުރުމަށް ނިންމާފައި ވަނީ ފަނޑިޔާރުންގެ އާންމު މަޖިލީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު