މ. ވޭވަށް އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ވޭވަށު ހެލްތު ސެންޓަރުގެ ޒިންމާދާރުވެރިޔާ މަރިޔަމް ނުހާ "ވަން" އަށް މިއަދު ވިދާޅުވީ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ މިއަދު ހެނދުނު ކަމަށެވެ.
ނުހާ ވިދާޅުވީ، މިދިޔަ މަހުގެ 27 ވަނަ ދުވަހު އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވް ވީ ދެ މީހަކު ކަމަށެވެ. އެއީ ބަލީގެ އަލާމާތްތައް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި ދެ މީހުން ކަމަށާއި އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި މިހާރު އިތުރު ނުވަ މީހަކު ރަށުން ފެނިފައިވާ ކަމަށެވެ.
ވޭވަށް އެންމެ ފަހުން މޮނީޓަރިންގެ ހާލަތަށް ގެނައީ މިދިޔަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި މޮނީޓަރިންގެ ހާލަތު އުވާލީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.
ނުހާ ވިދާޅުވީ، އެރަށުން މިފަހަރު ޕޮޒިޓިވް ވި ދެ މީހުންނަކީ މީގެ ކުރިން އެރަށުން ޕޮޒިޓިވް ވި ބައެއްގެ ކޮންޓެކްޓުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ރާއްޖޭގައި މޮނީޓަރިންގެ ހާލަތުގައި މިވަގުތު އޮތީ 19 ރަށެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު