އިންޑިއާގެ އައްސާމުގައި ދިރިއުޅެމުން އަންނަ ދެކުއްޖަކު އަވަހަށް ދަތް ނުފަޅައިގެން އައްސާމުގެ ޗީފް މިނިސްޓަރު ހިމާންތަ ބިސްވާ ސަރްމާ އަދި ބޮޑުވަޒީރު މޯދީއަށް ސިޓީއެއް ލިޔެފިއެވެ.
ދަތް ނުފަޅައިގެން މައްސަލަ ބަލައިދިނުމަށް އެދި 6 އަހަރުގެ ރައުޒާ އަދި އޭނާގެ ކޮއްކޮ 5 އަހަރުގެ އާރްޔަން ލިޔެފައިވާ ސިޓީއެއް ފޭސްބުކްގައި ހިއްސާކޮށްފައިވަނީ އެކުދިންގެ ބޮޑުބޭބެ މުހުތާރު އަހުމަދު ކިޔާ މީހެކެވެ. ހިމާންތަ އަދި މޯދީ އަށް ލިޔެފައިވާ އެސިޓީގައި ދެކުދީންވެސް ބުނެފައިވަނީ ދަތް ނުފަޅައި ގިނަ ދުވަސްވުމުން ކާން އުނދަގޫ ވާ ކަމަށާއި މިމައްސަލަ އަށް ހައްލެއް ހޯދައިދިނުމަށް އެދޭ ކަމަށެވެ.
މުހުތާރު އެސިޓީ ފޭސްބުކްގައި ހިއްސާކުރަމުން ބުނެފައިވަނީ އެކުދިން ސިޓީ ލިޔުނުއިރު އޭނާ ހުރީ ޑިއުޓީގައި ކަމަށާއި އެއީ އެކުދީން އަމިއްލައަށް ލިޔުނު ސިޓީއަކާ ވައްތަރު ކަމަށެވެ. މިކުދީންގެ ޝަކުވާތައް އަޑުއަހައި ގިނަބަޔަކަށް ވަނީ މަޖާ ކަމަކަށް ވެ އެ ޕޯސްޓު ޝެއާ ކޮށްފައެވެ. އަދި ޗީފް މިނިސްޓަރުގެ ސަމާލުކަމަށް ވެސް މިކަން އައިސް މިޕޯސްޓު ފެނުމާ އެކު އެއަށް ޖަވާބުދާރީވެފައިވެ އެވެ.
އެއަށް ޖަވާބުދެއްވުމުގެ ގޮތުން ޗީފް މިނިސްޓަރު ހިމަންތަ ކުރެއްވި ޓުވީޓެއްގައި ދެކުދިންނަށް ރަނގަޅު ޑެންޓިސްޓެއް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ކޮންމެއަކަސް ދަތް ނުފަޅައިގެން މި ތުއްތު ދެކުދިން ޝަކުވާކޮށް އަދި އެމައްސަލަ ޗީފް މިނިސްޓަރާ ހަމައަށް ގޮސްފައިވާތީ އެދެކުދިންނަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް