މ. ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.
އެ މަޝްރޫއު ކުރިއަށްގެންދިޔަ އެމްޓީސީސީން މިއަދު ބުނީ ވޭވަށު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިންމާލައިފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 77,831 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 227 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 193 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 1880 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.
މި މަޝްރޫއަކީ 48.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު