ހުޅުމާލޭގައި ކާރެއް ކޮންޓްރޯލްނުވެ ގޮސް މޫދަށް ވެއްޓިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް ވިދާޅުވީ، އެ އެކްސިޑެންޓް ހިނގީ މިއަދު 3:36 ހާއިރު ހުޅުމާލޭ ހައިވޭގެ އެމްޑަބްލިޔުއެސްސީއާ ވީ ސަރަހައްދުން ކަމަށެވެ.

ކާރު ކޮންޓްރޯލު ނުވެގެން ގޮސް އެތަނުގައި ހުރި ފެންސަށް ފޫއަޅުވާލައި، ކާރު މޫދަށް ނުވެއްޓި އޮތީ ކިރިޔާއެވެ. އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ.

އެކްސިޑެންޓް ހިނގިއިރު ކާރު ދުއްވަން އިނީ ލައިސަންސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.