އަފްގާނިސްތާނުގައި އިސްލާމީ ކަރިކިއުލަމަށް ކިޔަވައިދިނުމުގެ ގޮތުން، މަތީ ތައުލީމުދޭ ޔުނިވާސިޓީތަކުން ކިޔަވައިދޭ މާއްދާތަކުގައި ހުރި އިސްލާމީ ޝަރީއަތާއި ގާނޫނަށް ފުށުއަރާ ބައިތައް ނަގަން ތާލިބާންގެ ސަރުކާރުން ނިންމައިފިއެވެ.
އަފްގާނިސްތާނުގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ޝައިހް އަބްދުލް ބާގީ ހައްގާނީ ވިދާޅުވީ، އިސްލާމީ ޝަރީއަތާ ހިލާފަށް ހުރި ހުރިހާ މާއްދާއެއް އުވާލާނެ ކަމަށެވެ.
އޭގެ އިތުރުން އަންހެން ކުދިންނާއި ފިރިހެން ކުދިން އެއް ކުލާހެއްގައި ކިޔެވުން މަނާކޮށް، ކަރިކިއުލަމަށްވެސް ބައެއް ބަދަލުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މަތީ ތައުލީމު ހޯދަން ދަރިވަރުން ރާއްޖެއިން ބޭރަށްވެސް ފޮނުވާނެ ކަމަށެވެ.
އަފްގާނިސްތާނުގެ ވެރިކަމާ ތާލިބާނުން ހަވާލުވިތާ މާ ގިނަ ދުވަހެއް ނުވެ އެގައުމުގެ އަމިއްލަ ޔުނިވާސިޓީތަކާއި މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ކިޔަވައިދޭން ވަނީ ފަށައިފައެވެ. ނަމަވެސް އަންހެނުންނާއި ފިރިހެން ތިބެނީ ވަކިންނެވެ.
އިސްލާމީ ޝަރީއަތާ އެއްގޮތަށް އަފްގާނިސްތާނުގެ ކަރިކިއުލަމް ބަދަލުކުރަން ނިންމި ނަމަވެސް، އެގައުމުގެ ޔުނިވާސިޓީ ދަރިވަރުން ދަނީ ޓީޗަރުންނާއި ދަރިވަރުން ޔުނިވާސިޓީއަށް ހާޒިރުނުވާތީ އެމީހުންގެ މުސްތަގުބަލާމެދު ސުވާލު އުފައްދަމުންނެވެ.