ފޭދޫ ފިނޮޅު ފަރުމައްޗަށް ޓަގުބޯޓެއް އަރައިފި އެވެ.
އެމްއެންޑީއެފް ގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ، މިއަދު ހެނދުނު 09:52 ހާއިރު "މެރިނާ- 1301" ނަމަކަށް ކިޔާ ޓަގުބޯޓެއް ފޭދޫ ފިނޮޅު ފަރުމައްޗަށް އަރާފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނީ، ބޯޓު ފަރުމައްޗަށް އަރާފައިވަނީ ނަގިލި ކަހާލައިގެން ކަމަށެވެ. ބޯޓުގައި ތިބީ އިންޑޮނޭޝިއާ އަށް ނިސްބަތްވާ ނުވަ ފަޅުވެރިން ކަމަށެވެ.
މިއީ މިއަދު ފަރަށް އެރި ކަމަށް ރިޕޯޓުކޮށްފައިވާ ދެވަނަ ބޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު