ހުޅުމާލޭގެ ދެ ފިޔަވަހީ ގުޅޭ ސަރަހައްދުގައި ހަދާ ކޯރުގެ 66 ޕަސަންޓް މަސައްކަތް ނިންމާލައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، އެ ކޯރަކީ 59 މީޓަރު ދިގު އަދި 1.85 މީޓަރު ފުން ކޯރެއް ކަމަށެވެ. އެ ކޯރުގެ ފެންގަނޑު ދައުރުވާނީ އިރުން ހުޅަނގަށް އަދި ހުޅަނގުން އިރަށް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އެ ކޯރުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފައިވާ އިރު، އެ ކޯރުގެ މަތިން، ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވުމަށްޓަކައި ހަދާފައިވާ ހަތަރު ބުރިޖުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލައިފައެވެ. އޭގެ ތެރެއިން ދެ ބުރިޖު މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ. އެއީ ހިތިގަސްމަގާ ގުޅޭ ބުރިޖާއި ނިރޮޅިމަގާ ގުޅޭ ބުރިޖެވެ.
އެޗްޑީސީން ބުނީ، ކޯރުގެ ސަބަބުން ހުޅުމާލޭގެ އިރުމަތީ ފަރާތުން ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށާއި އެ ކޯރު ފަރުމާކޮށްފައިވަނީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބަލައިލަން ހިތްގައިމު ތަނެއްގެ ގޮތުގައި ކަމަށެވެ.
އެ ކޯރުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު