ޚަބަރު

މުވައްޒަފުންނަށް އުނގެނުމުގެ ސަގާފަތެއް އުފެއްދުމަށް އެޗްޑީސީން ހާއްސަ ޕްލެޓްފޯމެއް

އައިޝަތު ނިއުޝާ

މުވައްޒަފުންނަށް އުނގެނުމުގެ ސަގާފަތެއް އުފެއްދުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "ނޮލެޖް ހަބް"ގެ ނަމުގައި ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.

އެޗްޑީސީން ބުނީ، "ނޮލެޖް ހަބް" އަކީ ވާޗުއަލް ޕްލެޓްފޯމެއް ކަމަށާއި މި ޕްލެޓްފޯމްގެ މައިގަނޑު ބޭނުމަކީ އެ ކުންފުނީގެ މުވައްޒަފުންނަށް އުނގެނުމުގެ ސަގާފަތެއް އުފެއްދުން ކަމަށެވެ.

އެގޮތުން އިއްޔެ ތައާރަފު ކުރި މި ޕްލެޓްފޯމްގެ ސަބަބުން މުވައްޒަފުންގެ މެދުގައި އުނގެނުމުގެ ސަގާފަތެއް ގާއިމުވެ، އަދި މުވައްޒަފުންގެ މެދުގައި މައުލޫމާތު ހިއްސާކުރަން ފަސޭހަވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން އިތުރަށް ބުނީ، ނޮލެޖް ހަބްގައި އެ ކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ ހުނަރުތައް ތަރައްގީ ކުރުމަށް ފުރުސަތު ފަހިވާ ގޮތަށް ޕްރޮގްރާމުތައް ހިންގައި، ޓްރެއިނިން ސެޝަންތައް ވެސް ހިންގޭނެ ކަމަށެވެ.