މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރްއެމް)ގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަންގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ޕާޓީގެ ކޮންވެންޝަން ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުއެވެ.

އެމްއާރްއެމުން ބުނީ، ކޮންވެންޝަންގައި ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ޕާޓީގެ މެންބަރުންނަށް އެ ފުރުސަތު، މިމަހުގެ 16 ވަނަ ދުވަހުގެ 16:00 އާ ހަމަޔަށް ހުޅުވާލައިފައިވާ ކަމަށެވެ.

އެމްއާރްއެމުން ވަނީ ނޭޝަނަލް ކޮންވެންޝަންގައި އިންތިހާބު ކުރާ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ މެންބަރުން، އިންތިހާބަށް

ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ޕާޓީ އޮފީހަށް ހުށަހެޅުމަށް އެދިފަ އެވެ. އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު އެ ޕާޓީގެ ވެބްސައިޓުން ލިބޭނެ އެވެ.

  • އެމްއާރްއެމްގެ ޒައީމް
  • ޕާޓީގެ ރައީސް
  • ޕާޓީގެ ނައިބު ރައީސް
  • ޕާޓީގެ ނައިބު ރައީސް (އަންހެން)
  • އެގްޒެކެޓިވް ކޮމެޓީ ގެ މެންބަރު (ފިރިހެން) - އިންތިހާބު ކުރާ އަދަދު 10
  • އެގްޒެކެޓިވް ކޮމެޓީ ގެ މެންބަރު (އަންހެން) - އިންތިހާބު ކުރާ އަދަދު 10
  • ޒުވާނުންގެ ކައުންސިލްގެ ރައީސް
  • ޒުވާނުންގެ ކައުންސިލްގެ ނައިބު ރައީސް
  • ޒުވާނުންގެ ކައުންސިލްގެ މެންބަރު (ފިރިހެން) - އިންތިހާބު ކުރާ އަދަދު 15
  • ޒުވާނުންގެ ކައުންސިލްގެ މެންބަރު (އަންހެން) - އިންތިހާބު ކުރާ އަދަދު 15
  • އަންހެނުންގެ ކައުންސިލްގެ ރައީސް
  • އަންހެނުންގެ ކައުންސިލްގެ ނައިބު ރައީސް
  • އަންހެނުންގެ ކައުންސިލްގެ މެންބަރު - އިންތިހާބު ކުރާ އަދަދު 20
  • އިންތިޚާބު ކޮމިޓީގެ މެންބަރު - އިންތިހާބު ކުރާ އަދަދު 5
  • ސުލޫކީ ކޮމިޓީގެ މެންބަރު - އިންތިހާބު ކުރާ އަދަދު 5
  • އިސްތިއުނާފު ކޮމިޓީގެ މެންބަރު - އިންތިހާބު ކުރާ އަދަދު 5

"ވަން" އަށް އެނގިފައިވާ ގޮތުގައި އެމްއާރުއެމްގެ ރައީސް ކަމަށް އެޕާޓީގެ އިންތިގާލީ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫން ވާދަކުރައްވާނެ އެވެ. އަދި ނައިބު ރައީސަކަށް މިހާރުވެސް އެމަގާމުގައި ހުންނެވި އާމިނަތު ނާދިރާ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާދަކުރައްވާނެ އެވެ.

ޕާޓީގެ ކޮންވެންޝަން ޖަލްސާ އަކީ އެ ޕާޓީއެއް ރަޖިސްޓްރީ ކުރާތާ ކުރު މުއްދަތެއްގެ ތެރޭގައި ބާއްވަން ޖެހޭ ޖަލްސާއެކެވެ. އެމްއާރުއެމް އުފެއްދީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެމްއާރްއެމްގެ ކޮންވެންޝަން ޖަލްސާ ނުބޭއްވި ލަސްވީ ކޮވިޑާއި ގުޅިގެން ކަމަށް އެޕާޓީން ވަނީ މީގެ ކުރިން ބުނެފައެވެ.

އެމްއާރުއެމް އަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެއް ޕާޓީއެވެ. އެ ޕާޓީއަކީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެވެ.