ހުޅުމާލެ ފިޔަވަތީގައި މުވައްޒަފުންތަކެއް ކުދިންނަށް އަނިޔާކުރާ ކަމުގެ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ސަމާލުކަމަށް އައިސްފިއެވެ.
މިރޭ ދަންވަރުގެ ވަގުތެއްގައި ފިޔަވަތީގައި ކުދިންތަކަކަށް އަނިޔާކުރާ ކަމުގެ އަޑުތަކެއް އިވޭތީ ކަމަށް ބުނެ، ބަޔަކު ވަނީ އެތަނުގެ ކައިރިއަށް އެއްވެފައެވެ. ނަމަވެސް މިހާރު އެ ސަރަހައްދުގައި އެއްވެސް މީހަކު އަދި ފުލުހުން ވެސް ހަރަކާތެއް ނުވެއެވެ.
އެ މައްސަލައާ ގުޅޭގޮތުން އެޗްއާރުސީއެމުން މިރޭ ބުނީ އެ ކޮމިޝަންގެ ސަމާލުކަމަށް އެކަން އައިސްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން އަދި ޖެންޑާ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. ފިޔަވައްޗަކީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުޑަކުދިން ބަލަހައްޓާ ތަނެކެވެ.
ފިޔަވަތީގައި ކުދިން ރަނގަޅަށް ނުބެލެހެއްޓޭ ކަމުގެ ޝަކުވާ މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު