އަލުން ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ވޯޓެއް ނެގުމަށް އެއްވެސް އިރެއްގައި އެއްބަސްވެފައި ނޯންނާނެ ކަމަށް ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިގޮތަށް ވިދާޅުވެފައި މިވަނީ ބަރުލަމާނީގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އަދާލަތު ޕާޓީ އާއި އެމްއާރުއެމުން އެއްބަސްވި ކަމަށާއި އެކަމަށް އެ ޕާޓީތަކުން އިންކާރު ނުކުރާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލުން ނިޒާމީ ވޯޓަކަށް ދާން އެއްވެސް އިރެއްގައި އެމްއާރްއެމްއިން އެއްބަސްވެފައި ނޯންނާނެ ކަމަށެވެ.
ނަޝީދު މިއަދު ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން އެއްވެސް އިރެއްގައި ދެކޮޅު ނުހަދާނެ ކަމަށެވެ. އަދި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް އެދިވަޑައިގަންނަވާނެ ގޮތް ކަމަށް ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައީސް ނަޝީދު ފައިނަންގަވައިގެން ހުންނެވި ނަމަވެސް، ރައީސް ސޯލިހުގެ ފޯކަސްއަކީ ނިޒާމު ބަދަލުކުރުން ނޫން ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި ރައީސްގެ ފޯކަސް ހުރީ އިގުތިސޯދު އަލުން އާރާސްތުކޮށް ވައުދުތައް ފުއްދުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު