ކުޅުދުއްފުށި ސިޓީގައި ކޮވިޑު ފެސިލިޓީއެއް ގާއިމުކުރުމަށް ނިންމައިފިއެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މިދިޔަ ބުދަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކުޅުދުއްފުށީ ސިޓީގައި ކޮވިޑު ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ކޮވިޑު ފެސިލިޓީއެއް ގާއިމުކުރުމަށް ނިންމާފައިވާތީ މިހާރު ފުލޫ ކުލިނިކެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ލޯކަލް މާރުކޭޓުގެ އިމާރާތަށް ގެންނަށްޖެހޭ ބަދަލުތައް ގެންނަށް ބޭނުންވާ ކަމަށެވެ.
އެހެންކަމުން އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 13 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރުމަށް އިއުލާނުގައިވެއެވެ.
ކޮވިޑާ ގުޅިގެން ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ ހިމެނޭހެން ރާއްޖޭގެ ހަ އަތޮޅެއްގައި ވަނީ މެޑިކަލް ފެސިލިޓީ ގާއިމުކޮށްފައެވެ. ރާއްޖޭގެ ތިން ސިޓީ ފިޔަވައި މެޑިކަލް ފެސިލިޓީތައް ގާއިމުކޮށްފައި ވަނީ، ލ. ގަން، ގއ. ވިލިނގިލި، ބ. އޭދަފުށި، ށ. ފޮނަދޫ އަދި ހއ. އިހަވަންދޫގައެވެ. އޭގެ އިތުރުން ގދ. ތިނަދޫގައިވެސް ވަނީ ކޮވިޑު ފެސިލިޓީއެއް ގާއިމުކޮށްފައެވެ.
ހއ. އަދި ހދ. އަށް ހާއްސަ ކޮށްފައިވާ ކޮވިޑު ފެސިލިޓީ ގާއިމުކޮށްފައި ހުންނަނީ އިހަވަންދޫގައެވެ. ނަމަވެސް ކުޅުދުއްފުށީގައި ކޮވިޑު ފެސިލިޓީއެއް ގާއިމުކުރަން ނިންމި ސަބަބެއް ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު