ށ. ފޯކައިދޫ ބަނދަރު ބޭރުތޮށި ލުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްޓީސީސީން ބުނީ ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރު ބޭރުތޮށި ލުމުގެ މަސައްކަތް 15 އޯގަސްޓް 2021 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 39,995 ކިއުބިކް މީޓަރުގެ އާ ހާބަރު ބޭސިން ފުން ކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި މިހާރު ބޭނުންކުރަމުން އަންނަ ހާބަރު ބޭސިން ފުން ކުރުމުގެ އިތުރުން، 4000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ހިމެނޭ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން އިތުރަށް ބުނީ، 507 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، އަދި 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ހިމެނޭ ކަމަށެވެ. ހަމަ އެހެންމެ 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށެވެ.
މި މަޝްރޫއަކީ 52.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު