ކުރީގެ ފޮރިން މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އާ ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްކޮށް ހުންނަވާ އުފެއްދި ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ގައި އިސްކޮށް ހަރަކާތްތެެރިވެ ވަޑައިގެން ދުންޔާ އެކަން ހާމަކުރެއްވީ މިއަދު ޓުވިޓާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.
ދުންޔާ ވިދާޅުވީ، އެމްއެންޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި އެންމެ ބޮޑު ބޭނުމަކީ ގައުމަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ.
"ހުޅުވިފައިވާ ފުރުސަތުތަކެއް ހުރިހާ ބޭފުޅުންނަށްވެސް މި ޕާޓީ ތެރޭގައި އެބަ އޮތް. މިހާތަނަށް އަޅުގަނޑަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ ބޭނުންކުރަން އަޅުގަނޑު ބޭނުންވޭ. ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ހާއްސަކޮށް ބެލެންސް ފޮރިން ޕޮލިސީއެއް ރާއްޖޭގައި އޮތުމަަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ކަމެއް،" ދުންޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދިވެހި އަންހެނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތެއް ކުރުމަކީވެސް ދެކެން ބޭނުންވާ ދުވަހެއް ކަމަށެވެ.
ދުންޔާ، އެމްއެންޕީއާ ގުޅިވަޑައިގަތުމަށް ނިންމެވުމާ ގުޅިގެން އެ ޕާޓީގެ ފައުންޑަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވަނީ ދުންޔާ އެޕާޓީއާ ގުޅިވަޑައިގަތުމަކީ ލިބޭ ކުރިއެރުމަށް ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު