ވެލާނާގޭގައި ހުންނަ ޓުއަރިޒަމް މިނިސްޓްރީ އަށް ފޮނުވާފައިވާ ގޮތް ނޭނގޭ އެއްޗަކީ އެއްވެސް ނުރައްކަލެއް އޮތް އެއްޗެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ ވެލާނާ ބިލްޑިންގައި ހުންނަ ޓުއަރިޒަމް މިނިސްޓްރީ ތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނިގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި އެމްއެންޑީއެފް ބޮން ސްކޮޑުން ހަރަކާތްތެރި ވި ކަމަށެވެ.
އޮފީސް ތަކުން ގޮތް ނޭނގޭ ތަކެއްޗާ ހަވާލު ނުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި މިއީ އެ މިނިސްޓްރީ އަށް ވަރަށް ގަދައަށް ޕެކް ކޮށްފައި ފޮނުވާފައި އޮތް އެއްޗެކެވެ.
ސަރުކާރުގެ ގިނަ އޮފީސްތައް ހިންގާ ވެލާނާ ގޭގެ ފަސް ވަނަ ބުރީގައި ހިންގާ ޓުއަރިޒަމް މިނިސްޓްރީން މިއެތި ފެނި އެ ތަނުން ހުރިހާ މުވައްޒަފުން ހުސްކުރި އެވެ. ނަމަވެސް ފެނުނީ ކޮން އެއްޗެއް ކަމެއް މިހާތަނަށް ރަސްމީކޮށް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު