އެމްއެންޕީގައި ވަރަށް ހަރަކާތްތްތެރިކޮށް އިސް މަސައްކަތްތަކުން ފެންނާނެ ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
ވަން ޕްލަސް ގެ "ވަަން އެކްސްކްލޫސިވް" ފުރަތަމަ އެޕިސޯޑް ގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ މަސައްކަތް ކުރާއިރު މަސައްކަތް ކުރަނީ ސިޔާސީ ގޮތުން ކުރިޔަށް ދިއުމުގެ މަގު އިހުތިޔާރު ކޮށްގެން ކަމަށާއި އެމްއެންޕީގައި އެ ފަރާތުގެ ހުށަހެޅުމަކަށްވުރެ ބޮޑަށް ބެލީ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އޮތްތޯ ކަމަށެވެ.
އެ ޔަގީންކަން އެމްއެންޕީގެ ލީޑާޝިޕުން ދެއްވި ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.
"ގިނަ ފަހަރު ރާއްޖޭގެ ސިޔާސީ މަޝްރަހުގަ ކަންކަން ހިނގާ ގޮތުން ކޮންމެވެސް ކަހަލަ އޮފާއެއް ނުވަތަ ކޮންމެވެސް ކަހަލަ ޑީލެއް މިކަންކަމުގެ ތެރޭގަ ހިމެނޭނެ. ނަމަވެސް އަޅުގަނޑު ވަރަށް ޓްރާންސްޕޭރެންޓް ކޮށް މިކަން ކުރީ. އަޅުގަނޑު ވަކިވެގެންދިޔަ ޕާޓީގެ ލީޑާޝިޕާ އަދި ގުޅޭ ޕާޓީގެ ލީޑާ ޝިޕާ ވެސް ވިސްނުން ހިއްސާކޮށްފަ ފިޔަވަޅުތައް ކުރިއަށް މިއެޅީ. ކުރިއަށް އޮތް ތަނުގަ އެމްއެންޕީ ގެ އިސް މަސައްކަތްތަކުން ފެނިގެންދާނެ. ބޭނުމަކީ ވަރަށް ހަރަކާތްތެރިކޮށް ސިޔާސީ މަސައްކަތުގަ އުޅުން." ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ އިތުރަށް ވިދާޅުވީ އަދާލަތު ޕާޓީގައި 11 ނުވަތަ 12 ވަރަކަށް އަހަރު ހޭދަކުރުމަށްފަހު ޕާޓީ ދޫކުރެއްވީ އެ ޕާޓީގެ އިސްބޭފުޅުންނާ މަޝްވަރާކުރައްވައި ކަންކަން ހިއްސާކުރައްވާފައި ކަމަށެވެ. ޕާޓީގައި އިތުރަށް މަޑުކުރުވުމުގެ ޝައުގުވެރިކަން އެބޭފުޅުން ހުރި ނަމަވެސް، އޭނާގެ ނިންމުމަށް ކޮންމެ ބޭފުޅަކުވެސް އިހުތިރާމު ކުރައްވައި ޕްރޮފެޝަނަލްކަން ދެއްކެވި ކަމަށް ޝިދާތާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު