ހުޅުމާލޭގައި ޑްރައިވިން ޓެރެކެއް ހެދުމަށް ބޭނުންވާ ތަކެތި، މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހަދިޔާކޮށްފިއެވެ،
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމަށް ހުޅުމާލޭގައި ހަދާ ޑްރައިވިން ޓްރެކަށް އެންޑަބްލިޔުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަނީ މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ހަދިޔާާކޮށްފައެވެ.
އެތަކެތި ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، ހުޅުމާލޭގައި ހަދާ ޑްރައިވިން ޓްރެކަކީ ވަރަށް ގިނަ ރައްޔިތުންނާ ގުޅިފައިވާ ކަމެއް ކަމެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޑްރައިވިން ޓްރެކް ހެދުމަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމުގެ މައިގަނޑު މަގުސަދަކީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ލައިސަންސް ޓެސްޓު ހަދާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު