ކުރީގެ ޖެންޑާ މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ކުރީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ) އަށް ގުޅެން ނިންމަވައިފިއެވެ.
ޝިދާތާ (އެމް.އެން.ޕީ) އާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ އިރު، އޭނާ ވަނީ އިއްޔެގެ ވަގުތެއްގައި އަދާލަތު ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމަވައި، އެ ޕާޓީއަށް ސިޓީ ހުށަހަޅުއްވާފައެވެ. އިއްޔެ ވަން އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އަދާލަތުން ވަކިވާން ނިންމި ސަބަބު މީޑިއާތަކަށް ހާމަކުރުމަށް މިއަދު ސްޓޭޓްމަންޓެއް ނެރުއްވާނެ ކަމަށެވެ.
މިއަދު ޓުވީޓް ކުރައްވައި ނޫސް ބަޔާން ނެރުއްވާފައިވާއިރު އޭގައިވަނީ އަދާލަތުން ވަކިވިކަން ސިޓީއަކުން އެ ޕާޓީއަށް އަންގަވާފައި ވާނެ ކަމަށެވެ. އަދި ސިޔާސީ ހަޔާތުގައި އަދާލަތުގައި މަސައްކަތް ކުރުމާއެކު ތަފާތު އެތައް ތަޖުރިބާއެއް ލިބިވަޑައިގެންނެވި ކަމަށާއި އެކަމުގައި އަދާލަތު ޕާޓީން އަދާކޮށްދެއްވި ދައުރު އޭނާއާ ދުރަށް ނުދާނެ ކަމަށެވެ.
އިތުރަށް އޭނާ ފާހަގަ ކުރައްވާފައިވަނީ އެ ނިންމުން ނިންމަވާފައި ވަނީ ސިޔާސީ އިތުރު ހަރުފަތަކަށް ވަޑައިގަތުމަށް ޓަކައި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. އެހެންކަމުން މިވަގުތުގެ ހާލަތަށް ބައްލަވައި ސިޔާސީ ގޮތުން އިތުރަށް ފުޅާ މަސައްކަތްތަކެއް ކުރުމަށް އާ މިސްރާބަކުން ހިނގުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ) އަށް ގުޅިވަޑައިގަތުމަށް ނިންމެވީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު