އިންޑިއާ އިން ރާއްޖެއަށް ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ 150 މިލިއަން ޑޮލަރު ދައްކައިފިއެވެ.
އިންޑިއާ އިން ރާއްޖެއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަމަޖައްސަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، އިންޑިއާއިން ހަމަޖައްސައިދިން ކަރަންސީ ސްވޮޕްގެ ތެރެއިން 150 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވާ ކަމަށެވެ.
"މި ޑިޒިޝަން ނެގީވެސް އޮޕްޓިމެސްޓިކް ސިނާރިއޯއެއް ފެނިގެން. އެހެންވެ އަނެއް 250 މިލިއަން ރީޕޭ ކުރަން ރާވާފައި މިއޮތީ" ހާޝިމް ވިދާޅުވިއެވެ.
އިންޑިއާއިން ރާއްޖެއަށް ކަރަންސީ ސްވޮޕެއް ހަމަޖައްސަދިނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން ޑިސެމްބަރު 2018 ގައި އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ސޮއި ކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިގުތިސާދީ ޕެކޭޖުގެ ބައެއްގެ ގޮތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު