ކުރީގެ ޖެންޑާ މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފް އަދާލަތު ޕާޓީން ވަކިވެ ވަޑައިގެންފިއެވެ.
ޝިދާތާ މިއަދު "ވަން" އަށް ވިދާޅުވީ އަދާލަތު ޕާޓީން ވަކިވުމަށް ނިންމައި، އެ ޕާޓީއަށް މިއަދު ސިޓީ ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އަދާލަތުން ވަކިވާން ނިންމި ސަބަބު މީޑިއާތަކަށް ހާމަކުރުމަށް މާދަމާ ސްޓޭޓްމަންޓެއް ނެރޭނެ ކަމަށް ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ އިސް މަގާމުތައް ފުރުއްވާފައިވާ ޝިދާތާ އެ ޕާޓީން ވަކިވާން ނިންމާފައި މިވަނީ އެ ޕާޓީގެ އެކްޝަން ޕްލޭން އެކުލަވާލަން ނެގި ހާއްސަ ކޮމެޓީގައިވެސް އޭނާ ހިމަނާފައިވަނިކޮށެވެ.
ޝިދާތާއަކީ މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރެވެ. އޭނާ އެ މަގާމަށް ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ. ޝިދާތާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ދުވަސްވަރުވެސް އެންމެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންފައެވެ.
އޭނާ ޖެންޑާ މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އެ މަގާމުގައި ހުންނަވައިގެން ޒިންމާ އަދާ ނުކުރެއްވޭ ކަމަށް ބުނެ، ބައެއް ސިޔާސީ ބޭފުޅުންނާއި އާންމުން ކުރިމަތި ކުރުވި ޕްރެޝަރުތަކާ ގުޅިގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު